ޔުނިވަސިޓީ ކައުންސިލަށް ފައްޔާޒް ހޮވައިފި

އޭދަފުށި ޓައިމްސްޚަބަރު
ފައްޔާޒު އަލިމަނިކް-- ފޮޓޯ / ހަވީރު އޮންލައިން
ފައްޔާޒު އަލިމަނިކް– ފޮޓޯ / ހަވީރު އޮންލައިން

 

ޤައުމީ ޔުނިވަސިޓީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަލުން އެކުލަވާލި ޔުނިވަސިޓީގެ ކައުންސިލަށް ޔުނިވަސިޓީގެ ކުރީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ބ. އޭދަފުށި، ކެލާ ޑރ. ފައްޔާޒު އަލިމަނިކު ހޮވައިފި އެވެ.

ދަރިވަރުންގެ ފަރާތުންނާއި އެކަޑަމިކް ސެނެޓާއި އެކަޑަމިކް ސްޓާފުންގެ ތެރެއިން ކައުންސިލަށް އިންތިހާބުކުރާ ތިން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ފައްޔާޒު ހޮވި ވަޑައިގެންނެވީ ޔުނިވަސިޓީގެ އެކަޑަމީ ސެނެޓްގެ ދާއިރާއިންނެވެ. އަދި އެކަޑަމިކް ސްޓާފުންގެ ތެރެއިން ފެކަލްޓީ އޮފް އިންޖިނިއަރިންގެ ލެކްޗަރާ އަބްދުﷲ އަފީފް ހޮވިވަޑައިގެންނެވި އިރު، ދަރިވަރުންގެ ތެރެއިން ކައުންސިލަށް ހޮވާފައިވަނީ އަބްދުﷲ ރާޒީ އެވެ.

ގައުމީ ޔުނިވަސިޓީގެ ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްގައި ތިބޭ 13 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އިންތިހާބު ބާއްވަނީ ހަތަރު މަގާމަކަށެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ބަދަލު ކުރެއްވުމަށްފަހު ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އަލީ ފަވާޒް ޝަރީފެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...