ބއތމގެ ޕީޓީއޭ އިފުތިތާހުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އަތޮޅު ތައުލީމީ މަރުކަޒު ބެލެނިވެރިންގެ ޖަމިއްޔާ މި އަހަރަށް އިފްތިތާހުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި އެ ސްކޫލުގެ ފީޓީއޭ އިފުތިތާހުކޮށް ދެއްވީ ނޯތް ޕޮލިސް ސްޓޭޝަންގ އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުކަގުގެ ޕީޓީއޭގެ މި ދައުރުގެ ނައިބު ރައީސާއަކަށް ހޮވުނީ އޭދަފުށީ ސާދީވިލާ ރާނީ އަހުމަދު ނާޝިދު (ރަހުމާ) އެވެ. ތައުލީމީ މަރުކަޒުން ބުނީ ރަހްމާ މި މަގާމަށް އިންތިހާބުވީ ޕީޓީއޭގެ ކުލާސް މަންދޫބުންގެ ބައި އިލެކްޝަންގައި އެއްވެސް މީހަކާ ވާދަކުރުމެއް ނެތި ކަމަށެވެ. ޕީޓީއޭގެ ހިންގާ ކޮމެޓީއަށް ރައިސާގެ އިތުރުން ސެކްރެޓްރީކަމަށް ހުސައިން މުހައްމަދު އަދި ހަޒާންދާރު ކަމަށް ޝަމްލާ އަބްދުﷲ ވަނީ އިންތިހާބުކޮށްފައެވެ. މީގެ އިތުރުން އިތުރު މެންބަރުންގެ ގޮތުގައި ބެލެނިވެރިންގެ ފަރާތުން 6 މެންބަރުންނާއި ޓީޗަރުންގެ ފަރާތުން 6 މެންބަރުންވެސް ވަނީ އިންތިހާބުކޮށްފަ އެވެ.

ޕީޓީއޭ އިފުތިތާކުރުމަށް ބޭއްވި ޖަލްސާގައި މިދިޔަ އަހަރު ޕީޓީއޭގެ އެކިއެކި ހިންގާ ކޮމެޓީގައި މަސައްކަތް ކުރި ފަރާތްތަކަށް ސެޓްފިކެޓް ވެސް ދިނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...