ފެހެންދޫ ދެ ކައުންސިލަރަކު އެމްޑީއޭ އަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
މްޑީއޭ އާ ގުޅިވަޑައިގެންނެވި ފެހެންދޫ ދެ ކައުންސިލަރުން މެންބަޝިޕް ފޯމާއެކު ޕާޓީގެ ލީޑަރު ސިޔާމް އަރިހުގައި --- ސަން ފޮޓޯ
މްޑީއޭ އާ ގުޅިވަޑައިގެންނެވި ފެހެންދޫ ދެ ކައުންސިލަރުން މެންބަޝިޕް ފޯމާއެކު ޕާޓީގެ ލީޑަރު ސިޔާމް އަރިހުގައި — ސަން ފޮޓޯ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ބ. ފެހެންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރަކު އެމްޑީއޭ އަށް ސޮއިކޮށްފި އެވެ.

އެމްޑީއޭ އަށް މެމްބަރުން އިތުރުކުރުމަށް މިހާރު ކުރިއަށްދާ ހާއްސަ ހަރަކާތުގެ ތެރެއިން ޕާޓީގެ ލީޑަރު އަހްމަދު ޝިޔާމް ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސޮއިކުރައްވާފައި ވަނީ އެ ރަށު ކައުންސިލްގެ މުހައްމަދު އިބްރާހީމް އާއި އާދަމް ނަސީމު އެވެ.

އެ ކައުންސިލަރުން އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ޓަކައި މިހާރު ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެ ޕާޓީއާ ގުޅެމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...