ދިރާގު އީދު ޝޯ އާދީއްތަ ދުވަހުގެ ރެ އަށް ފަސްކޮށްފި

އޭދަފުށި ޓައިމްސްވިޔަފާރި
މިދިޔަ އަހަރު ބޭއްވި ދިރާގު އީދު ޝޮ ގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ދިރާގު އީދު ޝޮ ގެ ތެރެއިން

މި އަޟްހާ އީދުގެ މުނާސަބަތުގައި މިރޭ މާލޭގައި ބާއްވަން އުޅުނު ދިރާގު އީދު ޝޯ، މޫސުން ތަން ނުދޭތީ ފަސްކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި އެ ޝޯ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން އަންނަނީ ރާވަމުންނެވެ.

މި އަހަރުގެ ޝޯގައި އާ ފަންނާނުންތަކެއް ފެންނާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މިއީ ދިރާގުން އީދު ޝޯ ބާއްވާ ފަސް ވަނަ ފަހަރެވެ. އެ ޝޯ ބާއްވަނީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެއީ ގިނަ ބަޔަކަށް ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވަން ފެށި ޝޯއެއް ކަމަށް ދިރާގުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...