ތުޅާދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ތުޅާދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ހެލްތްމިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތު
ތުޅާދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ހެލްތްމިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތު

ބ. ތުޅާދޫ ސިއްހީ މަރުކަޒުގެ ބައެއް ތަންތަން މާރާމާތު ކުރުމަށް ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތުޅާދޫ ސިއްހީ މަރުކަޒުގެ މަސައްކަތްތައް 67 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލު ކޮށްފައިވާނީ ހަވާ ވުޑް ވާކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.

މި އެއްބަސްވުމުގެ ދަށުން ތުޅާދޫގެ ސިއްހީ މަރުކަޒުގެ ފާހަނާތައް މަރާމާތުކުރުމާއި ދޮރުފޮތިތައް ބަދަލުކުރުމާއި އިމާރާތުގެ ނަލަފިލާ ބަދަލުކުރުން ފަދަ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

މި މަސައްކަތް ހަވާ ވުޑް ވޯކްސް ކުންފުންޏަށް ހަވާލުކޮށްފައިވަނީ 1.9 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...