ކައުންސިލް އިދާރާގައި ސަލާމަތީ ކެމެރާ ހަރުކުރަނީ

އޭދަފުށި ޓައިމްސްޚަބަރު
ރަށު އޮފީސް
ރަށު އޮފީސް – ފޮޓޯ / އަލީ މާޒިން

ބ. އޭދަފުށި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ހަރުދަނާ ކުރުމުގެގޮތުން ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ރަށުކައުންސިލް އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ހަރުދަނާ ކުރުމުގެގޮތުން ބެހެއްޓުމަށް ހަމަޖެހިފައިވަނީ އައިއާރު އެނަލޮގް ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކޮށްދެން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މާޗު 14 ވަނަ ދުވަހުގެ 2:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

އޭދަފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުން ގެންދަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...