ދޮންފަނު ޕްރީ ސްކޫލުގައި ދިވެހި އަދަބީ ދުވަސް ފާހަގަކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ދޮންފަނު ޕްރީ ސްކޫލުން ދިވެހި އަދަބީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ހުސައިން ހަފީޒު

ބ. ދޮންފަނު ޕްރީ ސްކޫލު ކުދިންގެ ދިވެހި އަދަބީ ދުވަސް ފާހަގަކޮށްފި އެވެ.

“ދިވެހި އަދަބީ ދުވަސް” ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު އެ ސްކޫލުގައި ދަރިވަރުން ދިވެހި ބަހާއި އަދަބިއްޔާތާއި ގުޅޭ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދޮންފަނު ޕްރީ ސްކޫލުން ދިވެހި އަދަބީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ހުސައިން ހަފީޒު
ދޮންފަނު ޕްރީ ސްކޫލުން ދިވެހި އަދަބީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ހުސައިން ހަފީޒު

އެގޮތުން ޅެން ކިޔުމާއި ރައިވަރާ ބަނދި ކިޔުން ފަދަ އަދަބީ ހަރަކާތްތަކާއި ދިވެހި ސަގާފަތް ދައްކުވައިދޭ އެކި މަސައްކަތްތައް ދަރިވަރުން ވަނީ ދައްކައި ދީފައެވެ.

ދޮންފަނު ޕްރީ ސްކޫލުން ދިވެހި އަދަބީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ހުސައިން ހަފީޒު
ދޮންފަނު ޕްރީ ސްކޫލުން ދިވެހި އަދަބީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ހުސައިން ހަފީޒު

ދޮންފަނު ޕްރީ ސްކޫލު ހިންގަމުން އަންނަ އެރަށު ކައުންސިލުން ބުނީ އެ ސްކޫލުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ދިވެހި އަދަބީދުވަހުގެ ހަރަކާތްތަކަށް ދޮންފަނު ސްކޫލުގެ އިތުރުން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...