ބަރަވެލި ކަނޑަށް ކަމަދޫ ލޯންޗެއް އަޑިއަށް ހިގައްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

 1938

ޅ. ނައިފަރުން ފުރައިގެން ބ. ކަމަދޫ އަށް ދަތުރުކުރި ލޯންޗެއް ބަރަވެލި ކަނޑަށް ފަޅައިގެން ގޮސް އަޑިއަށް ހިނގަައްޖެ އެވެ.

“ކްރިސްޓަލް” ނަމަކަށް ކިޔާ އެ ލޯންޗް އަޑިއަށް ދިޔައިރު ފަސް ފިރިހެނުން ތިއްބެެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ކަމަދޫ ކައުންސިލުން ބުންޏެވެ. ނަމަވެސް ދެ މީހަކަށް އެރަށޫ ސިއްހީ މަރުކަޒުގަިއ ފަރުވާދެމުން އަންނަ ކަމަށް ކަމަދޫ ކައުންސިލުން ބުންޏެވެ.

“މިއަދު ހަވީރު 6:30 ހާއިރު އެ ލޯންޗް ރާޅެއްގައި ޖެހިގެން ފަޅައިގެން ދިޔައީ. އެއީ ކަނިފުއްޓާއި ކަމަދޫ އާ ދެމެދު. ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ޕެޓްރޯލްގެ އަސަރު ކުރުމުގެ ސަބަބުން މިހާރު އަންނަނީ މި ރަށު (ކަމަދޫ) ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން. ދެން ހުރި ތިން މީހުންގެ ހާލު ރަނގަޅު،” ކަމަދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއިލް ވިދާޅުވި އެވެ.

އެ ލޯންޗް ބޭނުންކުރަން ފެށިތާ އަދި ވާނީ ދެ މަސް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެ މީހުން ސަލާމަތްކުރަން ރީތި ބީޗް ރިސޯޓާއި ފޯ ސީޒަން ރިސޯޓު އަދި ކަމަދޫގެ ލޯންޗެއް ވެސް ހަރަކާތްތެރިވި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...