އާ އަހަރާއި ދިމާކޮށް ދިރާގުން އިންސްޓަގްރާމް ޕްރޮމޯޝަނެއް ފަށައިފި

އޭދަފުށި ޓައިމްސްވިޔަފާރި
އާ އަހަރާ ދިމާކޮށް ދިރާގުން ފަށާ އިންސްޓަގްރާމް ޕްރޮމޯޝަންގެ ބެނާއެއް..--ފޮޓޯ:ދިރާގު
އާ އަހަރާ ދިމާކޮށް ދިރާގުން ފަށާ އިންސްޓަގްރާމް ޕްރޮމޯޝަންގެ ބެނާއެއް..–ފޮޓޯ:ދިރާގު

އާ އަހަރާއި ދިމާކޮށް، އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދާނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އަށެވެ.

މި ޕްރޮމޯޗަނުގައި ބައިވެރިވުމަށް އާ އަހަރުގެ ބަންދުގައި ކޮށްލާ ކޮންމެވެސް މަޖާކަމެއްގެ ފޮޓޯއެއް ނެގުމަށްފަހު Dhiraagu@ ޓެގް ކުރުމަށްފަހު DhiraaguHolidayFun# ހޭޝްޓެގާއި އެކު ޕޯސްޓްކޮށްލުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަނާ ބެހޭގޮތުން ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވި ގޮތުގައި ދިރާގުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކާއި ޕްރޮމޯޝަން ތަކާކީ އެކުދިންނާއި ގުޅޭ، ޒަމާނީ ކަންކަމަށް ހެދޭތޯ ދިރާގުން ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

މި ޕްރޮމޯޝަން ނިމިގެންދާއިރު، ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއްފަރާތަކަށް ޒުވާނުންނާއި ގުޅުންހުރި ވަރަށް އަގުހުރި ހަދިޔާއެއް ދިރާގުގެ ފަރާތުން ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...