ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް އެހެން އިމާރާތަކަށް

އޭދަފުށި ޓައިމްސްވިޔަފާރި
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް. އެ ކެމްޕަސް މިހާރު ހިންގަމުން އަންނަނީ އެސްޓީއޯ ކޮމްޕްލެކްސްގައި
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް. އެ ކެމްޕަސް މިހާރު ހިންގަމުން އަންނަނީ އެސްޓީއޯ ކޮމްޕްލެކްސްގައި

ވިލާ ކޮލެޖުން ބ. އޭދަފުށީގައި ހިންގަމުން އަންނަ ކެމްޕަސް އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް އަށް ބަދަލުކޮށްފި އެވެ.

ކުރިން ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް ހިންގަމުން އައީ ބަހިއްޔާ ޕްރީ ސްކޫލުގަ އެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުނި ގޮތުގައި މިދިޔަ މަހުން ފެށިގެން އެ ކެމްޕަސް ހިންގަމުންދާނީ އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގަ އެވެ.

2013 ވަނަ އަހަރު އޭދަފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުވުން ވެގެން ދިޔައީ މިރަށުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވެފައިވާ ދަރިވަރުންނަށާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުގައިތިބެ، ތައުލީމު ހާސިލުކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ.

އެ ކެމްޕަހުގައި އަންނަނީ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...