“ބާ އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުޅިވަރު
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން: ފޮޓޯ / އަހްމަދު އަބްދުﷲ ސައީދު
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން:

ބ. އަތޮޅަށް ހުޅުވާލައިގެން މިދިޔަ އަހަރު ތައާރަފުކުރި “ބާ އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބައެއް ރަށްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ.

ޖަމްބޭ ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބ. އަތޮޅުގެ ރަށްރަށުން 7772861، 7945852  ނަމްބަރު ފޯނާ ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބ އަތޮޅުގެ ހަ ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ މުބާރާތް ބޭއްވި އޭދަފުއްޓާއި މާޅޮހާއި ކިހާދޫ އާއި ދަރަވަންދޫ އާއި ކަމަދޫ އާއި ގޮއިދޫ އެވެ.

ޕެނަލްޓީ ޖަހައިގެން އޭދަފުށީ ބަލިކޮށް މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...