މާޅޮހުގެ ގެތަކަށް ނަރުދަމާ ކަނެކްޝަން ވައްދައި ނިންމާލައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. މާޅޮހުގެ ފެނައި ނަރުދަމާ ނިޒާމްގެ މަސައްކަތުގެދަށުން ނަރުދަމާ ނިޒާމުގެ މައިހޮޅި ވަޅުލާނިމި، ކަނެކްޝަންތައް ގެތަކަށް ވައްދައި ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގައި މިހާރު ކުރިއަށްދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ ބުޑު އެޅުމުގެ މަސައްކަތެވެ.

ބ.މާޅޮހުގެ ފެނައި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފެށީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ.

މާޅޮހުގައި ގާތްގަނޑަކަށް ފަސް ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް އަޅާނެ އެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގާއި ފެން އުފެއްދުމަށްޓަކާއި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުއަށް ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މި މަޝްރޫއު އެއް އަހަރާއި ހަ މަސް ތެރޭ ނިންމަން ޖެހޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...