ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ނިޝާރު ސަސްޕެންޑްކޮށްފި އެވެ.

ނިޝާރު ސަސްޕެންޑް ކުރީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަންކުރައްވާފައި ވަނިކޮށް އެ ކޯޓަށް ގަވައިދުން ނިކުތުނުގެ ބަދަލުގައި ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ނިކުންނަވާތީ އެވެ.

ޖޭއެސްސީން ބުނީ ނިޝާރު މިގޮތަށް އަމަލުކުރަމުންދާ ކަން ކަމާގުޅޭ ލިޔުންތަކުންނާއި ނިޝާރުގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

“މިކަމުގައި އިސްމެޖިސްޓްރޭޓް އަހްމަދު ނިޝާރު އަމަލުކޮށްފައިވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް،” ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ނިޝާރު ސަސްޕެންޑްކޮށްފައިވަނީ 14 ދުވަހަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...