ދެމަފިރިއަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ތުޅާދޫން މީހަކު ހައްޔަރުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: އަދަދު ފޮޓޯ/އާއިމް ޒަމީރު

ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތުޅާދޫން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި ތުޅާދޫން މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ބްލެކްމެއިލް ކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...