ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ބ. ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދެވެ. އަދި އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަންސް މުޙައްމަދު މޫސާފުޅެވެ.

މި އެއްބަސްވުންތަކުގެ ދަށުން ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް އާރްކޭލްއާ ހަވާލުކުރީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މިއީ 2.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...