ބަނގުރާ ފުޅި ތަކަކާއެކު ބިދޭސީއަކު އަތުލައިގެންފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. އަތޮޅުގެ ފަޅު ރަށަކުން ބަނގުރާފުޅި ތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

 ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ބ. އަތޮޅުގެ ފަޅުރަށެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 27 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ފަޅުރަށުގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ބަނގުރާ ފުޅިތަކާއެކު އެ ބިދޭސީ މީހާ ހައްޔަރުކުރީ މިއަތޮޅު ކަށިދޫންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...