ރޯދައަށް ބާޒާރު ކުރަން މޫލީ ރޯދަ ސޭލް!

އޭދަފުށި ޓައިމްސްވިޔަފާރި

ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހައް ތައްޔާރުވުމުގެ ބޮޑު ބަޔެކެވެ.

 ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލު އީކޮމާސް ޕްލެޓްފޯމް މޫލީ ރޯދަ ސޭލް މިވަނީ ފަށާފައެވެ. މި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާއިރު ބައްލަވައިގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭނެ އެވެ.

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓަރސް އަދި  ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓްފޯމްގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްކެވެ. މޫލީ ޓީމުން ދެންނެވިގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެއެވެ.

https://mool.ee/roadhasale

ކޮމެންޓްސް (0)

ލޯޑް ކުރަނީ...