މިރިއަންދޫ ކައިރީ ސީޕްލޭނެއްގެ ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެ

އޭދަފުށި ޓައިމްސްޚަބަރު

ބ. އަތޮޅުގައި އޮންނަ މިރިއަންދޫ ރިސޯޓަށް ޖެއްސި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެ އެވެ.

ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، އެ ބޯޓު ދިޔަވާތީ ސަލާމަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑީއޯ އިން ފެންނަ ގޮތުގައި އެ ބޯޓަށް ފެން އަރައި އަންނަނީ ދިޔަވަމުންނެވެ. އަދި އެ ސަރަހައްދުގައި ރިސޯޓްގެ ލޯންޗުތައް ހަރަކާތްތެރިވަމުން އަންނަ މަންޒަރުވެސް ފެނެ އެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...