މި އަހަރުގެ މަސްވެރިންގެ ދުވަސް ތުޅާދޫގައި ފާހަގަކުރަނީ

އޭދަފުށި ޓައިމްސްކުޅިވަރު
ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: އަދަދު ފޮޓޯ/އާއިމް ޒަމީރު

މި އަހަރުގެ މަސްވެރިންގެ ދުވަސް ބ. ތުޅާދޫގައި ފާހަގަކުރަން ސަރުކާރުން ނިންމައިފި އެވެ.

ތުޅާދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް މިހާރު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބު އިސްކޮށް ހުންނެވި އެ ޓީމް މިހާރުވަނީ އެރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްހީ މަރުކަޒާއެކު ރަސްމީ ބައްދަލުވުން ތަކެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާ ވެސް ބައްދަލުކުރަން ވެސް ހަމަޖެހިފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...