ފައިގަތަޅާ މުބާރާތުގެ ޗެމްޕިއަނުންނަކީ ޑޮޖް ކުއީންސް

އޭދަފުށި ޓައިމްސްކުޅިވަރު
ފައިގަތަޅާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޑޮޖް ކުއީންސް ޓީމް

ބ. އޭދަފުށީ ކައުންސިލުން ބޭއްވި، ކައުންސިލުގެ ފައިގަތަޅާ މުބާރާތުގެ ޗެމްޕިއަންކަން ޑޮޖް ކުއީންސް ހޯދައިފި އެވެ.

ޑޮޖް ކުއީންސް ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު ލަކީ ގާލްސް ޓީމުގެ މައްޗަށް 43-29 ކުރި ހޯދައިގެންނެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ކައުންސިލުން ބޭއްވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަކީ ގާލްސްގެ ހައްވާ އަބްދުއްރަހްމާން އެވެ.

މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިން

ހައްވަ އާ އެކު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެ ޓީމުގެ ލިއުޝާ ހުސައިން އާއި ޝިފާ ނަސީރުގެ އިތުރުން ޑޮޖް ކުއީންސް އައިޝަތު އަބްދުއްރަހީމް އާއި ބްލޫޑައިމަންޑްގެ މިލްނާ އަލީ އަދި ފެހި ޓީމުގެ ނިއުޝާ އަހްމަދު އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000ރުފިޔާ އަދި ރަނާރަޕް ޓީމަށް ކައުންސިލުން ވަނީ 4،000ރ ދީފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...