ފުޓްބޯޅަ ފޯރި އަލުން ދިރުވަން މުޅި ރާއްޖެ ހިމެނޭ މުބާރާތެއް ބާއްވަނީ!

ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އަލުން ދިރުވުމަށް މަސައްކަތްކުރުމުގެ ގޮތުން މުޅި ރާއްޖެ ހިމެނޭ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. ނައިންޓީ ޕްލަސްއާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ބާއްވާ މި މުބާރާތް “ގޯލްޑްކަޕް” ގެ ނަމުގައި މި އަހަރުގެ ނޮވެމްބަރުމަހުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި 24 ޓީމަށް ބައިވެރިވެވޭނެ ކަމަށާއި، ރާއްޖޭގެ ފަސް ސިޓީގެ ޓީމުތަކަށާއި ފުޓުބޯޅައިގެ ފޯރިގަދަ ރަށްރަށަށް ބައިވެރިވުމުގެ ދަޢުވަތު ދެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އިތުރު ރަށްރަށަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ އަދި ރަނައަޕް ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...