ތުޅާދޫގައި ތެޔޮ ޝެޑެއް ހެދުމަށް ބިމެއް ކުއްޔަށް ދީފި

އަތޮޅުތެރެއިން

ބ. ތުޅާދޫ ބަނދަރު ސަރަޙައްދުގައި ތެޔޮ ޝެޑެއް ހަދައި ހިންގުމަށް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ބިމެއް ކުއްޔަށް ދީފި އެވެ.

ތުޅާދޫ ކައުންސިލުން ބުނިގޮތުގައި ބ. ތުޅާދޫ ބަނދަރު ސަރަޙައްދުގައި ތެޔޮ ޝެޑެއް ހަދައި ހިންގުމަށް، ދަ ހޯކްސް އަށް 5,936 އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތުޅާދޫ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން ދަ ހޯކްސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެރަށު ކައުންސިލުގެ ރައީސް އިބްރާހިމް އާދިލެވެ.

މި ތެޔޮ ޝެޑް ގާއިމުކުރުމުން، ތުޅާދޫގެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ރަށުގައި އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ދަ ހޯކްސް އަކީ ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ކުންފުންޏެވއެ ކުންފުނީގެ އޮފީސްތައް ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ހުރެ އެވެ. 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...