4،000 އަށް ވުރެ ގިނަ ކުދިންނާ އެކު އޭލެވެލް އިމްތިހާނު ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

މި އަހަރުގެ އޭލެވެލް އިމްތިހާނު 4،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އެޗްއެސްސީ އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ކުދިން މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވި އެވެ. އިމްތިހާނު ބާއްވަނީ ރާއްޖޭގެ 48 ސެންޓަރެއްގަ އެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އެޗްއެސްސީ އިމްތިހާނުގައި މި އަހަރު ބައިވެރިވީ 1،663 ކުދިންނެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން ބައިވެރިވި އިރު، ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ކުދިން ބައިވެރިވި އެވެ.

ކެމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް މާދަމާ އިން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށް ކުރިއަށް ގެންދާ އިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 8 ގައެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ނިމޭނީ އަންނަ މަހުގެ 31 ގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...