ބ. އަމާންވެށީގެ ކުދިންނަށް ރޯޔަލް އިން ވޮކޭޝަނަލް ޓްރެއިނިން

މަރިޔަމް ޔަސްމާޚަބަރު

ބ. އަމާންވެށީގައި ދިރިއުޅެމުންދާ ކުދިންނަށް ރޯޔަލް އައިލެންޑް ރިސޯޓްގެ ފަރާތުން ވޮކޭޝަނަލް ޓްރެއިނިންގ ފީލްޑް ޓްރިޕެއް ބާއްވައިފި އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނިގޮތުގައި މި ވޮކޭޝަނަލް ޓްރެއިނިންގައި ވަނީ ފަތުރުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ކުދިންނާ ހިއްސާކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ މި ފީލްޑް ޓްރިޕް ކުރިއަށްގެންގޮސްފައިވަނީ ކުދިންނަށް މަޖާކޮށް އަދި އެކުވެރި މާޙައުލެއްގައެވެ. މިކަމުން ކުދިންނަށް ވަނީ އާ ތަޖުރިބާތަކެއް ހޯދައި، އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުޞަތު ލިބިފައެވެ.

މި ޓްރެއިނިން ފީލްޑް ޓްރިޕްގައި ޖުމްލަ 17 ކުދިން ބައިވެރިވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...