ސަން ސިޔާމް، ޒާރާ އާ ކައިވެނި ބައްލަވައިގެންފި

އޭދަފުށި ޓައިމްސްޚަބަރު

މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ހަފުލާ މިއަދު ހަވީރު ބޭއްވީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އެ ހަފުލާގައި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ޒާރާގެ ރަށް، ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފުލާއެއް ވެސް މި ހަފުތާ ބަންދުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. ޒާރާ އެންމެ ފަހުން މަސައްކަތް ކުރަމުން އައީ ކަމަދޫ ކައުންސިލްގެ އިދާރާގަ އެވެ.

ސިޔާމް އާއި ޒާރާގެ ކައިވެންޏާ ދިމާކޮށް ކަމަދޫ އަށް ވަނީ ތިން އަސް ވެސް ގެންގޮސްފަ އެވެ. އެއީ ހުދުކުލައިގެ ދެ އަހާއި މުށިކުލައިގެ އަހެކެވެ.

މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ސިޔާމަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓަކަށް ވެސް މީގެ ކުރިން ވަނީ އަހެއް ގެނެސްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...