އޭދަފުށީގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ

އޭދަފުށި ޓައިމްސްކުޅިވަރު
އޭދަފުށީ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން- ފޮޓޯ.ކައުންސިލް

ކްލަބް ޔުނިޓީ އައިލެންޑާސް އިން އޭދަފުށީގެ ފުޓްސަލް ކުޅުންތެރިންނަށް ހާއްސަކޮށްގެން އަގުބޮޑު މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“ޔުނިޓީ އައިލެންޑާސް ފުޓްސަލް ކަޕް” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 80،000 ރުފިޔާ ލިބިގެންދާއިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 30،000 ރުފިޔާ އެވެ.

މި މުބާރާތުގައި 12 ޓީމަށް ބައިވެރިވެވޭއިރު، ބައިވެރިވެވޭނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 3500 ރުފިޔާ ދައްކައިގެންނެވެ. މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު 10 އެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...