ބީއެމްއެލްގެ އަހަރީ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

ވިޔަފާރި

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވައި ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސް އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށްފަހު އެ ޖަމިއްޔާ އަށް ބޭންކުން ވަނީ 50،000ރ. ހަދިޔާ ކޮށްފަ އެވެ.

ބީއެމްއެލް ސްޓާފް ރަންގެ ބައިވެރިން.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުންވެސް ބައިވެރިވިއެވެ.

މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާތަކަށް އެހީވުމަށް ބީއެމްއެލް މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ “ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...