އަގުހުރި އިނާމުތަކާއެކު ފްރެންޑް މީ ރޯދަ ސޭލް ފަށައިފި

އޭދަފުށި ޓައިމްސްވިޔަފާރި

ބ. އޭދަފުށީ ފްރެންޑް މީ ގްރޫޕުން ރަމަޟާން މަހާ ދިމާކޮށް ރޯދަ ސޭލް ޕްރޮމޯޝަނެއް ފަށައިފިއެވެ.

“ފްރެންޑް މީ ރޯދަ ސޭލް 2025” ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ފްރެންޑްމީގެ ފިހާރަތަކުން 200 ރުފިޔާއިން މަތީގެ ވިޔަވާރިކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ފްރެންޑްމީ ރޯދަ ސޭލުގެ އެއްވަނަ އިނާމަކީ 65 އިންޗީގެ ހައިސެންސް ސްމާޓް ޓީވީ އެކެވެ. ދެވަނަ އިނާމަކީ ފްރޮންޓް ލޯޑް އޮޓޯ ދޮންނަ މެޝިނެއް އަދި ތިންވަނަ އިނާމަކަށް ދޭން ކަނޑައަޅާފައިވަނީ ޓޮޕް ލޯޑް އޮޓޯ ދޮންނަ މެޝިނެކެވެ.

 މީގެ އިތުރުން ވެސް ވިހި މީހަކު ހޮވައި ހކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި ސޭލް، އަންނަ މާރޗު މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ފްރެންޑް މީ ގްރޫޕުން އޭދަފުށީގައި ހަތަރު ފިހާރައެއް ހިންގަ އެވެ. އެއީ ފްރެންޑް މީ އާއި ފްރެންޑް މީ ސްޓައިލް، ފްރެންޑް މީ ހޯމްވެއާ އަދި ފްރެންޑް މީ ޕްލަސް އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...