ކުރެންދޫ ބަލިކޮށް އޭދަފުށިން ޒޯން ބުރުގެ ފެށުން ރަނގަޅުކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ތިނެއްގެ ފުރަތަމަ މެޗުން ޅ. ކުރެންދޫ ބަލިކޮށް އޭދަފުށި މޮޅުވެއްޖެ އެވެ.

 އޭދަފުށިން ރޭ ކުރެންދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ކުރެންދޫ ކޮޅަށް އޭދަފުށީގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ދެން، އޭދަފުށިން ޖެހި ގޯލަކީ، ކުރެންދޫގެ މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި، ކުރެންދޫގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު ނަބީހު އެވެ.

 މި ޒޯނުގައި އޭދަފުއްޓާއި ކުރެންދޫގެ އިތުރުން ދެން ވާދަކުރަނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަޕް ކާށިދޫއެވެ.

ކ. އަތޮޅުގެ ފައިނަލުގައި ވާދަކުރި މާފުއްޓާއި ކާށިދޫ ރޭ ޒޯނުގައި ކުޅުނު މެޗު ކާށިދޫން ކާމިޔާބުކުރީ 3-1 އިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...