އުރީދޫގެ ސުޕަނެޓް ކަނެކްޝަނަށް ހޯމް އެސެޓް އިންޝުއަރެންސް ދެނީ

އޭދަފުށި ޓައިމްސްވިޔަފާރި
އުރީދޫގެ ލޯގޯ: އުރީދޫގެ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑް ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައި — ފޮޓޯ/މިހާރު

އާ ސުޕަނެޓް ކަނެކްޝަނާއެކު ހިލޭ ހޯމް އެސެޓް އިންޝުއަރެންސް ލިބޭ ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފި އެވެ.

މި އިންޝުއަރެންސް ޕެކޭޖު ތައާރަފުކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެންނެވެ.

އުރީދޫ އިން ބުނި ގޮތުގައި މިމަހުގެ ނިޔަލަށް ހިލޭ ލިބޭ މި ޕެކޭޖުގައި ސުޕަނެޓް އިންސްޓޯލްކޮށްގެން ކަސްޓަމަރުންނަށް ގޭގައި ހުންނަ ތަކެތި އިންޝުއާ ކުރެވޭނެ އެވެ.

އެ ގޮތުން ހޯމް އެސެޓްސް އިންޝުއަރެންސްގައި ފަރުނީޗަރާއި ފިޓިންސް، އިލެކްޓްރޯނިކް އެޕްލިއަންސް އަދި އަމިއްލަ ސާމާނު ކަވާކުރާނެ އެވެ.

މީގެ އިތުރުން އަންނައުނާއި ކުޅިވަރުގެ ސާމާނު އަދި ޕެޓްސްއާ ގުޅުން ހުރި ތަކެތިވެސް މި ޕެކޭޖުގެ ދަށުން ކަވާ ކުރާނެ އެވެ.

މި މަހު އަލަށް ސުޕަނެޓް ނަގާ ކަސްޓަމަރުންނަށް ސުޕަނެޓް އެކްޓިވޭޓް ކުރުމަށް ފަހު މި ހިދުމަތަށް ރިކުއެސްޓުކުރެވޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...