ތުޅާދު އާއި ކުޑަރިކިލުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ހަވާލުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އަތޮޅުގެ ދެ ރަށެއް ހިމެނޭގޮތަށް އެގާރަ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފި އެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން އިއްޔެ ވަނީ އެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މިއަދު ސޮއިކޮށްފަ އެވެ.

ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ހަވާލުކުރީ މިއަތޮޅު ތުޅާދު އާއި ކުޑަރިކިލުގެ އިތުރުން.  ހއ. ތުރާކުނާއި ހދ. ނޮޅިވަރަމްފަރާއި ހދ. ފިނޭ އާއި ށ. މަރޮއްޓާއި ނ. މާފަރާއި މ. މުއްޔާއި ތ. ގުރައިދޫ އާއި ތ. ހިރިލަންދޫގެ އަދި ތ. ކިނބިދޫ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު އެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށްރަށުގެ މުހިންމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...