ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އޭދަފުށީގެ ކުޅުންތެރިންނަށް 25 މެޑަލް

އޭދަފުށި ޓައިމްސްކުޅިވަރު

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތުން ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ކުޅުންތެރިން 25 މެޑަލާ އެކު ބޮޑު ފާހަގަކޮށްލެވާ ކާމިޔާބީއެއް މިފަހަރު ވެސް ހޯދައިފައެވެ.

މި މުބާރާތުން ރިވައިވަލް ސްޕޯޓްސްގެ އޭދަފުށީ ކުޅުންތެރިން ވަނީ 2 ރަން މެޑަލާއި، 7 ރިހި މެޑަލާއި އަދި 16 ލޯ މެޑަލް ހޯދައިފައެވެ.

7 ގައުމެއްގެ 347 ކުޅުންތެރިން ބައިވެރިވި މި މުބާރާތުގައި 700 އަށްވުރެ ގިނަ މެޗު ކުޅެވުނެވެ. އަދި މުބާރާތުގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާއި އެކި އުމުރުފުރާތަކުގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގިނަ ބެޑްމިންޓަން ކްލަބުތަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި އެކި އުމުރުފުރާތަކުން ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ 59 ކުޅުންތެރިން ވާދަކުރި އެވެ. މުބާރާތުގައި އެންމެގިނަ ކުޅުންތެރިން ވާދަކުރީވެސް އޭދަފުށިންނެވެ.

މުބާރާތުގައި ވާދަކުރުމަށް ރަށްރަށުން ގިނަ އަދަދެއްގެ ކުޅުންތެރިންވެސް ވަނީ މާލެ ގޮސް މުބާރާތުގައި ވާދަކޮށްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...