އޭދަފުށީ ފަތާ ސަރަހައްދުގެ 25 ޕަސެންޓް ނިމިއްޖެ

ތޯރިގް އަބްދުއްރަހުމާނުޚަބަރު
އޭދަފުށީގައި ހަދާ ފަތާ ސަރަހައްދު – ފޮޓޯ / އޭދަފުށީ ކައުންސިލް

 ބ. އޭދަފުށީގައި ދެކުނު ފަރާޓުގައި ހަދާ ފަތާ ސަރަހައްދުގެ 25 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ބަޖެޓުން 4.63 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ފަތާ ސަރަހައްދު ތަރައްޤީކުރުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އޭދަފުށީގައި ހަދާ ފަތާ ސަރަހައްދު – ފޮޓޯ / އޭދަފުށީ ކައުންސިލް

އޭދަފުށީގެ ރައްޔިތުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މަޝްރޫޢު ނިމުމުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...