ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ހަފްތާ ބަންދުގައި

ޚަބަރު

www

މި އަހަރުގެ ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ހަފްތާ ބަންދުގައި އޭދަފުށީގައި ހާއްސަ ހަރަކާތަކެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކޫލްތަކުން ބުނެފި އެވެ.

ބަހިއްޔާ ޕްރީ ސްކޫލުން ބުނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަންނަ ހުކުރު ދުވަހު ހަވީރު ސްޓޭޖް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އޭދަފުށީ ޕޮލިސް ސްޓޭޝަނާ ގުޅިގެން ބާއްވާ މި ހަވީރުގައި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ތަފާޓު ކުރިވަރު ސްޓޯލްތައްވެސް އޮންނާނެކަމަށް ބަހިއްޔާ ޕްރީ ސްކޫލުން ބުނެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެ ސްކޫލުން ބާއްވާ ހަރަކާތްތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ހަވީރު 4-6 އަށް ސްކޫލު ގޯތިތެރޭގައި ކުރިއަށް ގެންދާ މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ވަރަށް ގިނަ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ކުޅިވަރުތަކުގެ އިތުރުން ކުދިންގެ ހާއްސަ ސްޓޭޖް ހަރަކާތްތަކެއް ވެސް އޮންނާނެކަމަށް އެ ސްކޫލުން ބުންޏެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...