ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ބ. އަތޮޅުގައި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.
ގާސިމް ބ. އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ، އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުރަކުގެ ތެރެއިން ދަތުރުފުޅެކެވެ. އަދި މި ދަތުރުގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއަށް މައުލޫމާތު ހޯދައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ރައްޔިތުން ހިމަނަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ރައްޔިތުންގާތު އައްސަވާ އޮޅުންފިލުވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.
މި ދަތުރުފުޅުގައި ބ. އަތޮޅުން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޑަރިކިއްޔަށެވެ. އެއަށްފަހު ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު، ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ކަމަދޫއަށެވެ. އަދި މިރޭ ކަމަދޫގައި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މާދަމާ މިއަތޮޅުގެ އެހެން ރަށްތަކަށްވެސް އެމަނިކުފާނު ޒިޔާރަތްކުރަށްވާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ގާސިމުގެ މިދަތުރުގައި އެ މަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ބައެއް އިސްފަރާތްތަކުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް މިދަތުރުފުޅުގައި ލީޑަރ އަރިހުގައި ވަޑައިގެންނެވިއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...