މުޅި ރަށުން ބައި ގަޑިއިރަށް ކަރަންޓް ކެނޑިއްޖެ

ތޯރިގް އަބްދުއްރަހުމާނުޚަބަރު

32781471

މުޅި އޭދަފުށިން ބައިގަޑި އިރަށް މިރޭ ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ކަރަންޓް ކަންޑައިގެން ދިޔައީ ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަރަނޭޓަރ ސިސްޓަމަށް ދިމާވި މައްސަލަ އަކާ ގުޅިގެނެވެ.

މުޅި ރަށުން ކުއްލިއަކަށް ކަރަންޓް ކަނޑައިގެން ދިޔައީ މިރޭ 8:45 ހާއިރު އެވެ. ނަމަވެސް ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު 9:20  ހާއިރު އަލުން ކަރަންޓް ވަނީ ދޫކޮށްފަ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އޭދަފުށީ އިންޖީނުގޭގައި ބޭނުންކރަމުންގެންދާ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު މައްސަލަޖެހި، ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލާފައިވެ އެވެ.

8:49 އޭދަފުއްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނަކަށް މައްސަލަ އެއް ދިމާވެ މުޅި ރަށުން ދެންމެ ކަރަންޓު ކެނޑެމުން ރައްޔިތުން މިރޭ ކަނު އަނދިރީގައި ތިބެން ޖެހިއްޖެ އެވެ. (ތަފްސީލް އަންނަނީ…)

ކޮމެންޓްސް (0)

ލޯޑް ކުރަނީ...