ރޯޔަލް އާއި ކިހާދޫ އެކުވެރިކަމުގެ ނެޓްބޯޅަ މެޗެއް ކުޅެފި

އޭދަފުށި ޓައިމްސްކުޅިވަރު
ރޯޔަލް އާއި ކިހާދޫ ކުޅުނު އެކުވެރިކަމުގެ ނެޓްބޯލަ މެޗުގެ ތެރެއިން-  ފޮޓޯ / ރޯޔަލް
ރޯޔަލް އާއި ކިހާދޫ ކުޅުނު އެކުވެރިކަމުގެ ނެޓްބޯލަ މެޗުގެ ތެރެއިން- ފޮޓޯ / ރޯޔަލް

 

ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކިހާދޫ ޒުވާނުންނާއި ދެމެދު އެކުވެރި ކަމުގެ ނެޓްބޯޅަ މެޗެއް ކުޅެފިއެވެ.

 އިއްޔެ ކިހާދޫގައި ކުޅުނު މި މެޗު 29 ލަނޑު 17 ލަނޑުން ކާމިޔާބުކުރީ ކިހާދޫ ޒުވާނުންގެ ޓީމުންނެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ، މި މެޗަކީ އެ ރިސޯޓާއި ކިހާދޫ އާއި ދެމެދު އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ކުޅެވުނު މެޗެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ އެކި ރަށްރަށުގައި އެކިކަހަލަ ހަރަކާތްތައް ބޭއްވުމަށް ރާވާފައިވާ ކަމަށްވެސް ރޯޔަލް އައިލެންޑް ރިސޯޓުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...