ޚާއްސަ ސެކިއުރިޓީ ޕެކޭޖެއް ތަޢާރަފު ކޮށްފި

ވިޔަފާރި
ލިންކް ސާވް
ލިންކް ސާވް

ރޯދަމަހު ކުދި ވިޔަފާރިތަކުގެ ސެކިއުރިޓީއަށް ޚާއްސަ ކޮށްގެން ޕެކޭޖެއް ލިންކް ސާވް އިން ތަޢާރަފް ކޮށްފި އެވެ.

މި ޕެކޭޖްތަކަކީ އެ ކުންފުނިން ޢާއްމުކޮށް ވިއްކާ ޕެކޭޖުތަކަށް ވުރެ 40  ޕަސެންޓާއި 50 ޕަސެންޓާ ދެމެދު އަގު ހެޔޮވާނެ ކަމަށް ލިންކް ސާވް އިން މަޢުލޫމާތު ދެއެވެ.

ލިންކް ސާވް އިން ރޯދަ މަހަށް ޚާއްސަ ކޮށްގެން ވިއްކަމުން ގެންދާ މި ޕެކޭޖުގެ ތެރެއިން އެއް ޕެކޭޖުގައި 4 ކެމެރާ ހިމެނެ އެވެ. އަދި އަނެއް ޕެކޭޖުގައި އެލާމް ސިސްޓަމަކާއި އެކު ފޯނު ލައިން މެދުވެރިކޮށް މޯބައިލް ފޯނަށް މެސެޖު ދާގޮތަށް ފަރުމާ ކޮއްފައިވާ ސިސްޓަމެއްވެސް ހިމެނެ އެވެ.

މި ޕެކޭޖުތައް އިންސްޓޯލްމަންޓަށް ނަގާ ފަރާތްތަކަށްވެސް އަގު ހެޔޮވެގެންދާނެ ކަމަށް ލިންކް ސާވްގެ މާކެޓިންގ އެގްޒެކެޓިވް، ޕްރޮޖެކްޓް މާކެޓިންގ ޙަސަން އިކްލީލު ވިދާޅުވި އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...