ތްރީ އޮން ތްރީ ކަޕްގެ މެއިން ސްޕޮންސަރަކަށް އެޓޯލް ކިއުޓް

ކުޅިވަރު

 3on3

އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަޕްގެ މެއިން ސްޕޮންސަރަކަށް އޭދަފުށީގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އެޓޯލް ކިއުޓް ހަމަޖައްސައިފި އެވެ.

އޭދަފުށީ ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ބާއްވާ “ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަޕް 2013” އެޓޯލް ކިއުޓް އިން މެއިން ސްޕޮންސާކުރުމުން މުބާރާތުގެ ކުރިއަށް އެޓޯލް ކިއުޓް އިތުރުވާނެ އެވެ.

މުބާރާތުގެ ކޯ ސްޕޮންސަރަކަށް ވެލްވެޓް ހަމަޖައްސާފައިވާއިރު ޓެލެކޮމް ސްޕޮންސަރަކީ ދިރާގު އެވެ. މުބާރާތުގެ މީޑިއާ ޕާޓްނާ އަކީ މިއަހަރުވެސް އޭދަފުށީ ޓައިމްސް އެވެ.

ޖުލައި 11 އިން 22 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ދަ ބްލޫސް އާއި ރިއަލް ފްރެންޑް އަދި އެކްސްކާސަން ލައްވާލީ ގްރޫޕް އޭ ގަ އެވެ. ގްރޫޕް ބީގައި އޮތީ އޭދަފުށީ ޕޮލިސް އާއި ވެލާ ސްޕޯޓްސް އާއި ބީއެސްކޭ އަދި އެފްސީ ޑޮލަ އެވެ. ސަޖީ އެންޑް ފްރެންޑްސް އާއި ވީ ކޮމްބިނޭޝަން އާއި އާމިގޯސް އަދި އޯއެމްއޯ ފްރެންޑްސް ހިމެނެނީ ގްރޫޕް ސީ ގަ އެވެ.

 ގްރޫޕް ޑީ ގައި ހިމެނެނީ އައިލެންޑް ޝާކް އާއި އެފްސީ ސޫޕް އާއި އެފްސީ ހަބޭސް އަދި އެޗްއޭ ޔުނައިޓެޑް އެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ރޭގަނޑު އެވެ.

ތްރީ އޮން ތްރީ ސޮކާ ކަޕްގެ މެޗު ޝެޑިއުލް

ކޮމެންޓްސް (0)

ލޯޑް ކުރަނީ...