ފެއިމްސް ޔުނައިޓެޑާއެކު އިތުރު ތިން ޓީމު ކުއާޓާ އަށް

އޭދަފުށި ޓައިމްސްކުޅިވަރު

3-3

ދަ ބިގިނާސް އިންތިޒާމުގެ ކޮށްގެން މިހާރު ކުރިއަށްދާ އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕްގެ ކުއާޓާ ފައިނަލުން ފެއިމްސް ޔުނައިޓެޑްއާއެކު އޭދަފުށީ ޕޮލިސް އާއި ވީ ކޮމްބިނޭޝަން އަދި އެފްސީ ސޫޕް ރޭ ޖާގަ ހޯދައިފި އެވެ

ޕޮލިސް މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދީ ރޭ ކްލަބް ބީއެސްކޭ އާއެކު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީއެސްކޭ ގެ ހުސައިން ޝިހުބާން އެވެ.

ވީ ކޮމްބިނޭޝަން ކުއާޓާ އިން ޖާގަ ހޯދީ އޯއެމްއޯ ސްޕެސިއަލް އަތުން 1-0 އިން މޮޅުވެގެންނެވެ. ވީ ކޮމްބިނޭޝަން އަށް މެޗުގައި ލަނޑުޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުހޯދި މުހައްމަދު ފާސިރު އެވެ.

އެފްސީ ސޫޕް ކްއާޓާ އިން ޖާގަ ހޯދީ އެޗްއޭ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެގެންނެވެ. މެޗުގައި އެފްސީ ސޫޕަށް ލަނޑުޖަހައިދިނީ މެޗުގެ މޮޅުންތެރިޔާ އަށް ހޮވުނު ފަތީން ޚާލިދު އެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...