ދަ ބްލޫސް އާއި އެމިގޯ އަދި އެފްސީ ޑޮލަރ މުބާރާތުން ކަޓައިފި

ކުޅިވަރު
ތްރީ އޮން ތްރީ ކަޕްގެ ތެރެއިން-- ފޮޓޯ / ޓީބީ
ތްރީ އޮން ތްރީ ކަޕްގެ ތެރެއިން– ފޮޓޯ / ޓީބީ

ދަ ބިގިނާސް އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕްގެ ކްއާޓާ ފައިނަލުން ފުރުސަތު ނުލިބި ތިން ޓީމު ރޭ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ވޭތުވެދިޔަ ދެ އަހަރުގެ ރަނާ އަޕް ދަ ބްލޫސް މުބާރާތުން ކެޓީ ރިއަލް ފްރެންޑްސް އަތުން 1-0 އިން ބަލިވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ރިއަލް ފްރެންޑްސްގެ އަނަސް މުހައްމަދު އެވެ.

އެފްސީ ޑޮލަރ ކްއާޓާ އިން ޖާގަ ނުލިބި މުބާރާތާ އަލްވަދާއުކީ ރޭ ކުޅުނު ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ވެލާ ސްޕޯޓްސް އަތުން 2-1 އިން ބަލިވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ މައުމޫން އަބްދުލް ގައްޔާމު އެވެ.

ރޭ ކެޓި އަނެއް ޓީމަކީ އެމިގޯ އެވެ. އެ ޓީމު މުބާރާތުން ކެޓީ ސަޖީ އެންޑް ފްރެންޑްސް އަތުން 1-0 އިން ބަލިވެގެންނެވެ. މެޗުގައި ސަޖީ އެންޑް ފަރެންޑްސް އަށް ލަނޑުޖަހައިދިނީ މެޗުގެ މޮޅުންތެރިޔާ އަށް ހޮވުނު ފަޒުލޫން މުހައްމަދު އެވެ.

މި މުބާރާތުގެ ކްއާޓާ ފައިނަލުގެ ޖާގަތައް މިހާތަނަށް ކަށަވަރު ކޮށްފައިވަނީ ފެއިމްސް ޔުނައިޓެޑާއި، އޭދަފުށީ ޕޮލިސް އާއި ވީ ކޮމްބިނޭޝަން އަދި އެފްސީ ސޫޕް އެވެ. މާދަމާ ރޭ މެޗުތައް ނިމުމުން ކްއާޓާގެ ފަހު ހަތަރު ޖާގަ ޔަގީންވާނެ އެވެ.

މިރޭ ކުޅޭނީ އައިލެންޑް ޝާކް އާއި އެފްސީ ހަބޭސްގެ މެޗާއި ރިއަލް ފްރެންޑް އާއި އެކްސްކާޝަން ގެ މެޗެވެ. އަދި ވެލާ ސްޕޯޓްސް އާއި ކްލަބް ބީއެސްކޭގެ މެޗެވެ. މިރޭގެ މެޗުން ބައިލާ ޓީމުތައްވެސް މުބާރާތުން ކަޓާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...