ސީސީ ފުޓްސަލް ކަޕް ނުބާއްވަން ނިންމައިފި

އޭދަފުށި ޓައިމްސްކުޅިވަރު
މިދިޔަ އަހަރުގެ ޗެމްޕިއަން ތައްޓާއެކު. ކައުންސިލުން މުބާރާތް ބާއްވާ ސްޓޭޖް ސަރަހައްދު ނުދިނުމުން މިއަހަރު މުބާރާޓް ނުބާއްވަން ސީސީން ވަނީ ނިންމާފައި
މިދިޔަ އަހަރުގެ ޗެމްޕިއަން ތައްޓާއެކު. ކައުންސިލުން މުބާރާތް ބާއްވާ ސްޓޭޖް ސަރަހައްދު ނުދިނުމުން މިއަހަރު މުބާރާޓް ނުބާއްވަން ސީސީން ވަނީ ނިންމާފައި

އޭދަފުށީ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމުކޮށްގެން މި ރޯދަމަހު ބޭއްވުމަށް ހަމަޖެއްސި ސީސީ ފުޓްސަލް މުބާރާތް ނުބާއްވާގޮތަށް އެ ކްލަބުން ނިންމައިފި އެވެ.
ސީސީ އިން ބުނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ރޯދަމަހުތެރޭ ނުބާއްވަން ނިންމީ މުބާރާތް ބޭއްވުމަށް ސްޓޭޖް ސަރަހައްދު ކައުންސިލުން ނުދިނުމުން ކަމަށެވެ.

ނަމަވެސް ރޯދަމަސް ފަހުން މުބާރާތް އަލުން ބޭއްވުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ސީސީން ބުންޏެވެ. ސީސް ބުނީ މިއަހަރުގެ މުބާރާތުގައި ނުވަ ޓީމު ބައިވެރިވެ ޗަންދާވެސް ދައްކާފައިވާ ކަމަށްށެވެ. ޓީމުތަށް ޗަންދާ ފައިސާ އަނބުރާ ލިބޭނެ ކަމަށްވެސް ސީސީން ބުންޏެވެ.

ސްޓޭޖް ސަރަހައްދުގައި ބާއްވާމުން އަންނަ މި މުބާރާތް މިއަހަރު އެއްވެސް ސަބަބަކާ ނުލައި ބޭއްވުމުގެ ހުއްދަ ކައުންސިލުން ނުދިނުމުން ސީސީ އިން ވަނީ ކައުންސިލަށް ވަރަށްބޮޑަށް ފާޑު ކިޔައިފަ އެވެ.

ސީސީ ގެ ފޭސް ބުކް ޕޭޖުގައި ބުނެފައިވަނީ އޭދަފުށީ ކައުންސިލުން އޭދަފުށީގައި ފުޓްބޯޅަ ކުޅޭ ޒުވާނުންނަށް ޒާތީގޮތުން ހުރަސްއަޅާ ސިޔާސީ މަސްލަހަތު އިސްކުރާކަން ކައުންސިލަރުންގެ ވާހަކަތަކުން ޔަގީންވާތީ، އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި މިފަދަ ތައުލީމީ ތަރައްގީ އަދި ޚާއްސަކޮށް ކުޅިވަރަށް ތަރުހީބުދޭ ޒުވާނުންނާ ދެކޮޅަށް ކައުންސިލުން ކުރާ ނާތަހުޒީބީ ފިނޑި އަމަލުތައް ހުއްޓާލުމަށްވެސް ސީސީ ގެ ފޭސްބުކް ޕޭކުގައި އޭދަފުށީ ކައުންސިލަށް ގޮވާލާފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...