ނޫސްވެރިކަމުގެ ރަން ގަލަން އިސްމާއިލް ނަސީރަށް

މުހައްމަދު އުބައިދުޚަބަރު

ނޫސްވެރިކަމުގެ ރަން ގަލަން ބ. އޭދަފުއްޓަށް އުފަން ތަޖުރިބާކާރު ނޫސްވެރިޔާ އިސްމާއިލް ނަސީރަށް ރޭ ލިބިވަޑައިގެންފި އެވެ.

އިސްމާއީލް ނަސީރު އިތުރުން، ނޫސްވެރިކަމުގެ ރަން ގަލަން އަށް ބޭފުޅަކު ރޭ ހާސިލްކުރެއްވި އެވެ.

އާފަތިސް ނޫހުން މީގެ ވިއްސަކަށް އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި އިސްމާއިލް ނަސީރަކީ ކުޅަދާނަ ނޫސްވެރިއެއްގެ އިތުރުން މޮޅު ލިޔުންތެރިއެކެވެ. ހަވީރު ނޫހުގައި ގިނަ ދުވަސްތަކެއް ހޭދުކުރެއްވި އިސްމާއިލް ނަސީރަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ޚަބަރުތަކާއި ރާއްޖޭގެ ހަބަރުތައް ކަރަވުކުރެއްވި ނޫސްވެރިއެކެވެ. އަދި އޭނާ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮލަމިސްޓެއްވެސް މެއެވެ. އަދި “މިހާރު”ގެ މެނޭޖިން އެޑިޓަރު އަދި “ދޯ” މަޖައްލާގެ އެޑިޓަރަކީ ވެސް އިސްމާއިލް ނަސީރެވެ. މީގެ އިތުރުން އިސްމާއިލް ނަސީރަކީ އޭދަފުށީ ޓައިމްސްގެ ފައުންޑާވެސް މެއެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ޖަލްސާގައި ތަޖުރިބާކާރު އަދި ޚިދުމަތްތެރި އަށް ބޭފުޅަކަށް ރޭ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފި އެވެ. މީގެ އިތުރުން އެކި ދާއިރާތަކުން މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...