ދަރަވަންދޫ އިންޖީނުގޭގެ ތިޒޫރީ ފަޅާލައި 75000ރ ވަގަށް ނަގައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ދަރަވަންދޫ އިންޖީނުގެ
ދަރަވަންދޫ އިންޖީނުގެ

 

ބ. ދަރަވަންދޫ އިންޖީނުގޭގެ ތިޖޫރީ ރޭ ފަޅާލައި، އޭގެން 75000ރ. ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެ ފައިސާތައް ވަގަށް ނަގާފައި ވަނީ އިންޖީނުގޭގެ އޮފީސް ތެރެއަށް ވަދެ ތިޖޫރީ ހަލާލުކޮށްލުމަށް ފަހު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އިންޖީނު ގެއިން ވައްކަންކޮށްފައި ވަނީ އިންޖީނުގޭގެ ޑިއުޓީގައި އިންނަ ކުއްޖާ ހާރުކާން ގެއަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެނގުނީ އޭނާ އެނބުރި ޑިއުޓީ އަށް ފަތިހު ނުކުތުމުން ކަމަށެވެ.

ދަރަވަންދޫ އިންޖީނުގެ އަކީ ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ ތަނެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...