ވައިގެ މަގުން ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޔަސްމާއަތޮޅުތެރެއިން
ބ. ދަރަވަންދޫ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު ބ. ދަރަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

 ފުލުހުން ބުނި ގޮތުގައި ދަރަވަންދުއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

“ފެބުރުވަރީ 22 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ދަރަވަންދޫ އެއަރޕޯރޓުން މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މިމީހާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން މިމީހާ ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވޭ،” ފުލުހުން ބުންޏެވެ.

މިމައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...