ކްއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު

ކްލަބު ކޮމްބިނޭޝަން (ސީސީ) ގެ ފަރާތުން ކުރިއަށް ގެންދާ ފުޓުސަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދުގައިި ކުރިއަށްދާ މި މުބާރާތުގައި ކުއާޓަ ފައިނަލްގެ މެޗުތައް މިއަދު ހަވީރު ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި އެއްލަކިިން އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑައުންޓައުން އާއި އެފްސީ ޑޮލަރު އެވެ އެވެ. ކުއާޓާ ފައިނަލްގައި މިރޭ ކުޅޭ މެޗުތަކުގައި ދެން ވާދަކުރާނީ އެފްސީ ސޫޕް އާއި އެފްސީ ރުއްގަނޑު އަދި ކަޅުއޮތްކަޓޫރަ އާއި ވެލާ ސްޕޯޓްސް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖައްސައިފައި ވަނީ މާދަމާ ރެ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހުގެ ރެ އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000ރ. އަދި ރަނަރަޕް ޓީމަށް 2،000ރ. ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...