ހިތާދޫ ކައުންސިލު އިދާރާއަށް ޑިރެކްޓަރަކު ހޯދަނީ

އަތޮޅުތެރެއިން
ހިތާދޫ ކައުންސިލް އިދާރާ ފައިލްފޮޓޯ - ހިތާދޫ އޮންލައިން
ހިތާދޫ ކައުންސިލް އިދާރާ ފައިލްފޮޓޯ – ހިތާދޫ އޮންލައިން

ބ. ހިތާދޫ ކައުންސިލް އިދާރާއަށް ޑިރެކްޓާރެއް ހޯދުމަށް އެ އިދާރާއިން އިއުލާން ކޮށްފިއެވެ.

ހިތާދޫ ކައުންސިލު އިދާރާއިން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ އެ އިދާރާޢަށް ޑިރެކްޓަރެއް ބޭނުންވާ ކަމަށެވެ. މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ޑިސެމްބަރު 18، 2013 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށްވެސް އެ އިދާރާއިން އެދެއެވެ.

ހިތާދޫ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ އެ އިދާރާށް ޑިރެކްޓަރެއް ހޯދަނީ އެ އިދާރާގެ ޒިންމާދާރު އިސްވެރިޔާ ޑެޕިއުޓީ ޑިރެކްޓަރ އައްޝައިޚް އިބްރާހިމް އަބޫބަކުރު ވަޒީފާއިން މުސްކުޅި ކުރައްވާތީ ކަމަށެވެ. ޝައިޚް އިބްރާހިމް އަބޫބަކުރު ވަޒީފާއިން މުސްކުޅިކުރައްވަނީ 10 ޖަނަވަރީ 2014 ގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...