ޖާޑީސް އާއި ވޮލްވްސް ފައިނަލަށް

ފާތުމަތު ޒުހުދާކުޅިވަރު

ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ ގޮއިދޫ ވިމެންސް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ޖާޑީސް އާއި ވޮލްވްސް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު ލިލީސް އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޖާޑީސް ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޑީސްގެ ޖޯޒީ ނަންބަރު 5 ފަތީނާއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޗަޑްސް އާއި ވޮލްވްސް ސްޕޯޓްސް ކްލަ ބް ބައްދަލުކުރި މެޗް ވެސް ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ން އެއްވަރުވުމާއި ގުޅިގެން ޕެނަލްޓީ ޖަހައިގެން ވޮލްވްސް ކާމިޔާބުކުރީ 4-6 އިންނެވެ. މި މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ވޮލްވްސް ސްޕޯޓްސް ކްލަބްގެ ޖޯޒީ ނަންބަރު 2 ނާޖިޔާއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 16.30 ގައި ގޮއިދޫ ފުޓްސަލް ދަނޑުގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...