ޖޫނިއާ ފުޓުބޯޅަ ޗެމްޕިއަންކަން ވައިލެޓް ހައުސް ހޯދައިފި

އިބްރާހިމް ޒަހާން ޒާހިރުކުޅިވަރު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2014 ވަނަ އަހަރުގެ އިންޓަހައުސް ފުޓުބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅެވުނު ޖޫނިއާ ފައިނަލް މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 0-0 އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ރެޑް ހައުސް ބަލިކޮށް ވައިލެޓް ޗެމްޕިއަންކަން ނެގީ 4-2 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑް ހައުސްގެ މުހަންމަދު ސަމާހެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވައިލެޓް ހައުސްގެ ޔޫސުފް ނިޔާޒާއި، ޔެލޯ ހައުސްގެ ހުސެއިން އީވާނާއި ރެޑް ހައުސްގެ މުހަންމަދު ސަމާހާއި މުހަންމަދު ޝިނާން އަދި މުހަންމަދު ބައްސާމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑް ހައުސްގެ މުހަންމަދު ބައްސާމެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޔެލޯ ހައުސްއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...