އިންތިހާބުގެ ކުރިން މާޅޮހުގައި ފާމަސީއެއްގެ ޚިދުމަތް ލިބިގެންދާނެ: ޔަޒީދު

އޭދަފުށި ޓައިމްސްޚަބަރު

1656426_249758528528712_1590046206_n

ބ. މާޅޮހު ރައްޔިތުންނަށް ފާމަސީއެއްގެ ހިދުމަތް އިންތިހާބުގެ ކުރިން ލިބިގެންދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ އަބްދުﷲ ޔަޒީދު (މުއާ) ޔަޒީދު ވިދާޅުވެއްޖެ އެވެ.

ޔަޒީދު ވިދާޅުވީ ފާމަސީގެ ޚިދުމަތަކީ އިންސާނިއްޔަތަށް ކޮށްދިން ޚިދުމަތެއް ކަމަށާއި އަދި މިއީ މާޅޮހު ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރިކަމެއް ކަމަށެވެ. ފާމަސީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދުގެ ކެމްޕޭން ޓީމުން ބުނީ މާޅޮސް އަންހެނުންގެ ކޮމިޓީގެ ފަރާތުން ފާމަސީއެއްގެ ޚިދުމަތް ދިނުމަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަތާ 7 އަހަރު ވެދާނެ ކަމަށެވެ. އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް މިކަންކޮށްދިނުމަށް ގިނަ ފަރާތްތަކުން އެތައް ވައުދެއް ވެފައިވާކަމަށް މާޅޮހު އަންހެނުންގެ ކޮމިޓީން ބުނެފައިވާ ކަމަށްވެސް ޔަޒީދުގެ ކެމްޕޭން ޓީމުން ބުނެއެވެ.

“ނަމަވެސް އެއްވެސް ފަރާތަކަށް ވައުދެއް ނުފުއްދުނު، މިކަމަށް ޔަޒީދުގެ ފަރާތުން އެހީއަކަށް އެދުނު ދުވަހުން ފެށިގެން 2 ހަފްތާގެ ތެރޭގައި ވަނީ ވައުދު ފުއްދައިދީފައި”

ޔަޒީދު ވިދާޅުވީ ސިޔާސީ މައިދާނަށް ޤާބިލް ކެރޭ ތައުލީމީ ޒުވާނުން ނިކުތުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި މިއީ “އުފާވެރިކަމުގެ ފެށުމެއް” ކަމަށެވެ. އަދި މާޒީން އިބްރަތް ލިބިގަންނަން ޖެހޭ ދަނޑިވަޅު އައިސްފައިވާކަމަށާއި ކުރިންނުވިކަމެއް ފަހަކުން ނުވާނޭކަމަށާއި އަދި މުސްތަޤްބަލްގައި ކަންކުރާނެގޮތް އެގޭނީ މާޒީގައި ކަންކޮށްފައިވާ ގޮތުން ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...